ދިރާގު

ދިރާގު ޓީވީއިން ޔޫރޯގެ ހުރިހާ މެޗެއް ފެންނާނެ

Jun 11, 2021

ދިގު އިންތިޒާރަކަށް ފަހު "ޔޫރޯ2020" ގެ ފޯރިގަދަ މުބާރާތް ފެށިފައިވާއިރު، އެންމެ ބޮޑު އުފަލަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ދިރާގު ޓީވީ އިން ޔޫރޯގެ މެޗުތައް ބަލައިލަން ފުރުސަތު ލިބުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓުބޯޅަ ފޭނުން މި މުބާރަތައް ތައްޔާރުވަމުންދާއިރު ދިރާގުން މިވަނީ ޔޫރޯ2020 ގެ ހުރިހާ ހައި ޑެފިނީޝަން (އެޗްޑީ) ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ އެވެ. ސޮނީ ޓެން 2 އެޗްޑީ އަދި ލޯކަލް ބްރޯޑްކާސްޓާ ރާއްޖެޓީވީ އިން ބަލާލެވޭނެ އެވެ.

ދިވެހިންނަކީ އާދަކާދައިގެ ގޮތުން ކެފޭތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާ އާ އެކު ފުޓުބޯޅަ ބަލަމުންދިޔަ ބައެއްކަމުގައި ވީ ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރިއްޔާ އިން މެޗްތައް ބަލަން ޖެހިފަ އެވެ.

ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާއެކު ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެ އެވެ. މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް ޖީއެސްޓީ އައި ނުލާ މަހަކު އެންމެ 65 ރުފިޔާ އަށް ޔޫރޯ 2020 ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސް ތަކުން ބަލާލެވޭނެ އެވެ. ހަމައެއައާއެކު ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.

ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފާ ތަކެއް ތައާރަފުކޮށްފަ އެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓް ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެ އެވެ. އަދި ހަމަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ ބަލާލެވޭނެ އެވެ.

ޔޫރޯ 2020 ގެ މެޗްތައް ފަށާނީ މާދަމާ ރޭ 12 ޖަހާއިރު އެވެ.

ދިރާގު ޓީވީ އިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.