ޔުއެއާފާ ޔޫރޯ 2020

ޔޫރޯ ފަށައިފި، ފުރަތަމަ ތިން ޕޮއިންޓް އިޓަލީއަށް

Jun 12, 2021

ޔުއެފާ ޔޫރޯ 2020 ގެ ފުރަތަމަ މެޗުގައި ތުކުރީގެ މައްޗަށް ކުރި ހޯދާ އިޓަލީން ފެށުން ރަނގަޅު ކޮށްފި އެވެ.

ގްރޫޕް އޭ ގައި ހިމެނޭ ދެ ޓީމުގެ މެޗު ނިމުނީ 3-0 އިންނެވެ. ފުރަތަމަ ހާފްގައިވެސް އިޓަލީއަށް ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަަމަވެސް ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި ހާފްގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިޓަލީގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އެވެ.

އިޓަލީގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނެޓްގައެވެ. ނަމަވެސް އެއީ ބައިކޮޅަށް ވަތް ގޯލެކެވެ. މި ލަނޑު ވަނީ ތުރުކީގެ މެރިހް ޑެމިރަލްގެ އަތުންނެވެ.

މެޗްގެ ދެވަނަ ލަނޑު ޖެހީ ޗީރޯ އިމޮބިލޭ އެވެ. އަދި ތިންވަނަ ލަނޑު ޖެހީ ލޮރެންޒޯ އިންސީނިއޭއެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީއަށް މިއީ ރަނގަޅު ފެށުމެކެވެ.

މި ގްރޫޕްގެ މެޗެއް މާދަމާވެސް އޮންނާނެ އެވެ. އެއީ ސްވިޓްޒްލެންޑް އާއި ވޭލްސްގެ މެޗެވެ. މެޗު އޮތީ މާދަމާ ހަވީރު 6:00 ގައެވެ.