އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރު ކުރަން އެމެރިކާއިން ނޫސްވެރިން ގެނެސްފި

Jun 12, 2021
1

ރާއްޖެ އިސްތިހާރު ކުރަން އެމެރިކާއިން ނޫސްވެރިން ގެނެސްފި އެވެ.

އެމްއެމްޕީއާރްސީއިން ބުނީ އެ މީހުން ގެނެސްފައި ވަނީ އެމެރިކާ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރާށެވެ.

މި ދަތުރުގައި އެ ނޫސްވެރިން ރާއްޖޭގެ ފަތުރުވެރިންނަށް ކުރެވޭ ލަގްޒަރީ ތަޖުރިބާތަކުގެ ލިޔުންތައް އެމެރިކާގެ މީޑިއާގައި ޝާއިއު ކުރާނެ އެވެ. އެމްއެމްޕީއާރްސީން ބުނީ އެ ލިޔުންތައް އޮންލައިން ޗެނަލްތަކުގެ 78 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެ ކަމަށެވެ.

ނޫސްވެރިން ތަޖުރިބާ ކުރަން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހޭދަ ކުރާނެ އެވެ.