ރެޑްވޭވް

ހައިސެންސް ބްރޭންޑްގެ ޓީވީ ރެޑްވޭވްގައި އެބަހުރި

Jun 12, 2021

ޔޫރޯ ޗެމްޕިއަންޝިޕްގެ ސްޕޮންސަރެއް ކަމަށްވާ "ހައިސެންސް" ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ މިވަގުތު ރެޑްވޭވުން ލިބެންހުރިއިރު ޔޫރޯ މެޗުތައް ބަލައިލަން މިއީ އެންމެ ކޮލިޓީ ބްރޭންޑްގެ ޓީވީ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

ރެޑްވޭވުން ބުނި ގޮތުގައި، ކުރީގައި ބޮޑު ސްކްރީންގައި ރައްޓެހިންނާއެކު މެޗުތައް ބަލައި އުޅުނުހެން މިއަދު ނުބެލުނު ނަމަވެސް، އެކުވެރިން އަދި އާއިލާއާއި އެކު މެޗުތައް ބަލައިލުމަށް އެންމެ އެކަށޭނަ ޓީވީ އަކީ ހައިސެންސް ބްރޭންޑްގެ ޓީވީ އެވެ.

ހައިސެންސް ބްރޭންޑްގެ އެކި މޮޑެލްތަކުގެ ޓީވީ މިވަގުތު ރެޑްވޭވުން ލިބެން އެބަހުއްޓެވެ.

މި ބްރޭންޑަކީ ދުނިޔޭގައި ވެސް ނަންހިނގާ ޓީވީ ބްރޭންޑެއްކަން ރެޑްވޭވުން ފާހަގަކުރެ އެވެ.

އެގޮތުން "އަޕްގްރޭޑް ސުކައުޑް"ގެ ނަމުގައި ހައިސެންސްގެ މިހާރުގެ މޮޑެލްތަކުގެ އާ ސްޓޮކެއް ގެނެސް، ހައިސެންސް ޓީވީގެ މުޅިން އާ މޮޑެލްތަކެއް ވަރަށް ހާއްސަ އަގުތަކެއްގައި ރެޑްވޭވުން ވަނީ ތައާރަފްކޮށްފަ އެވެ.

ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި މި ޓީވީގެ ތަފާތު ސައިޒުތައް ރެޑްވޭވުން ލިބެން އެބަހުއްޓެވެ.

ޓީވީތަކުގެ މައުލޫމާތު އިތުރަށް ބަލައިލަން ބޭނުންނަމަ ރެޑްވޭވްގެ އައުޓްލެޓަކަށް ޒިޔާރަތްކޮށްގެން ނުވަތަ ރެޑްވޭވްގެ އޮންލައިން ފިހާރައިން ވެސް ބަލައިލެވޭނެ އެވެ.