ހަބަރު

ރަކީދޫ ކުޑަކުއްޖާ މަރާލަން ފުރުސަތު ފަހިވުމަކީ ގައުމީ މައްސަލައެއް: ނަޝީދު

ވ. ރަކީދޫގައި އަނިޔާކޮށް، މަރާލާފައި އޮއްވާ ފެނުނު ދެ އަހަރުގެ މުހައްމަދު އިބްތިހާލް މަރާލަން ފުރުސަތު ފަހިވެފައި އޮތްކަމީ ގައުމީ މައްސަލައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އިބްތިހާލް މަރާލަން ފުރުސަތު ފަހިވުމަކީ ގައުމީ މައްސަލައެއް ކަމަށާއި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކޮށްގެން ނޫނީ ކުޑަކުދިންނަށް ރައްކާތެރިކަން ނުދެވޭނެ ކަމަށެވެ.

ބޮޑެތި އަނިޔާތަކެއް ދީ މަރާލާފައި އޮއްވާ ފެނުނު އިބްތިހާލަށް އޭނާގެ މަންމަ ކުރިން ވެސް އަނިޔާކުރާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި އެކަމާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތްތެރިވުމުގެ އިތުރުން އެ ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ކަމަށް ވެސް އެރަށު ކައުންސިލުން ބުނެފައިވެ އެވެ.