ހަބަރު

މާލޭގައި އަލަށް ކެނޑި ނެރު މައްޗައް ދޯންޏެއް އަރައިފި

މާލޭ ކުރީގެ ކުނި ކޮށި ކުރިމަތިން އަލަށް ކެނޑި ނެރު މައްޗައް ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މާލޭގައި އަލަށް ކަނޑާފައިވާ ނެރު މައްޗައް އަރާފައި ވަނީ "ހޭންޑީ ހަަޑް ދޭއް ނަމަކަށް ކިޔާަ ދޯންޏެއް ކަމަށާއި ކޯސްޓްގާޑުން ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފަވާ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސަރާގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުން އަންނަ އިރު އެމްއެންޑީއެފް އިން މިއަދު ވެސް ވަނީ މީހަކާއެކު ކެޓަމަރާނެއް ގެއްލިގެން ހޯދާފަ އެވެ. އެ މީހާ މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.

މޫސުމާ ބެހޭ އިދަރާއި ކޯސްޓްގާޑުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.