ހަބަރު

ހާއްސަ އޮޕަރޭޝަނަކަށް ތައްޔާރުވެފައިވާ ފުލުހުންގެ ފައުޖެއް ހިންމަފުއްޓަށް

Apr 27, 2015
1

ހާއްސަ އޮޕަރޭޝަނަކަށް ތައްޔާރުވެފައިވާ ފުލުހުންގެ ފައުޖެއް ހިންމަފުއްޓަށް މިއަދު ފުރައިފި އެވެ.

ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމް ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ އައްސޭރި ޖަލު ހުންނަ އެ ރަށުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާއިރު އެ އޮޕަރޭޝަންގެ އިތުުރުން އެ ރަށުގައި ފުލުހުންގެ ތަމުރީނުތަކެއް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

ފުލުހުންގެ ފައުޖެއް ހިންމަފުއްޓަށް ގޮސްފައި ވާއިރު މިރޭ އެރަށުގައި މުޒާހަރާއެއް ކުރަން ރާވާފައިވާފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެ މުޒާހަރާ ކުރަނީ އައްސޭރި ޖަލުގައި ހުންނެވި ރައީސް ނަޝީދަށް އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގެ އަޑު އިއްވުމަށް ކަމަށް ވެސް ބުނެއެވެ. އަދި މުޒާހަރާ ކުރަން ރާވާފައި ވަނީ ޖަލު ހިމެނޭ ސަރަހަދު ގައި ކަމަށް ވެސް ބުނެ އެވެ.

ނަމަވެސް މުޒާހަރާއާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.