ހަބަރު

ދިއްގަރު ދާއިރާގެ ގޮނޑި ފާރިޝް ކާމިޔާބު ކުރައްވައިފި

Jun 6, 2015
3

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޮޑު ތަފާތަކުން ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފި އެވެ.

ހަތަރު ކެންޑިޑޭޓުން ވާދަ ކުރި އިން ތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފާރިޝް 1234 ވޯޓް ހޯއްދަވާފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީއަށް ލިބި ވަޑައިގެންނެވީ 757 ވޯޓެވެ. މިވަން ކެންޑިޑޭޓް ޝަމީމް އަލީއަށް 152 ލިބުނު އިރު އެންމެ މަދުން ވޯޓް ލިބުނީ މޫސާ ނަސީރަށެވެ. އޭނާއަށް ލިބުނީ 31 ވޯޓެވެ.

މި އިންތިހާބުގައި ފާރިޝް ވަނީ ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯއްދަވާފަ އެވެ.

ދިއްގަރު ދާއިރާގެ އިންތިހާބުގައި މާލެ އާއެކު ހަ ފޮށި ބަހައްޓާފައިވާއިރު ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް ހުރިހާ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ފާރިޝްވެ.

ދިއްގަރު ދާއިރާގައި ވޯޓް ލުމުގެ ހައްގު ލިބިފައި ވަނީ 2655 މީހުންނަށެވެ. މި އިންތިހާބު ފާރިޝް ކާމިޔާބު ކުރެއްވުމުން މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރާ މެންބަރުންގެ އަދަދު 47 އަށް އަރާނެ އެވެ.