ސަންގު ޓީވީ

ސަންގު ޓީވީގެ ޓްރާންސްމިޝަން އަލުން ފަށައިފި

ހަތަރު ދުވަސް ވަންދެއް ބްރޯޑްކާސްޓިން ހުއްޓާލާފައި އޮތުމަށް ފަހު ސަންގު ޓީވީގެ ޓްރާންސްމިޝަން މި ރޭ ފަށައިފި އެވެ.

ސަންގު ޓީވީގެ ޓްރާންސްމިޝަން ހުއްޓާލީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފުލުސް ކޮމިޝަނާ ހުސައިން ވަހީދަށް އިންޒާރު ދީ އަދި ރާއްޖޭ ޓޫރިޒަމަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ވިޑީއޯއެއްގެ މައްސަލާގައި ފުލުހުން ސަންގްޓީވީއަށް ވަދެ، އެތަނުގެ ކޮމްޕިޔުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކްތަކެއް ތަހުގީގަށް ގެންދިއުމުންނެވެ. އ\

ހަތަރު ދުވަސް ވަންދެއް ޓްރާންސްމިޝަން ހުއްޓީފައި އޮތުމަށް ފަހު މިރޭ 8:00 އިރު ސަންގު ޓީވީ އިން ވަނީ އެޓީވީގެ ޓްރާންސްމިޝަން ފަށާފަ އެވެ. އަލުން ފެށި ނަމަވެސް ސަންގު ޓީވީން ބުނީ ހިދުމަތް ފެށި ނަމަވެސް މަންޒަރާއި އަޑުގެ ބައެއް މައްސަލަ ހުރުން އެކަށީގެންވާ ކަމަށާއި އެ މައްސަލަތައް ހައްލުވާން ވަގުތު ނަގާނެ ކަމަށެވެ.