އުރީދޫ

އުރީދޫ އީދު ޝޯ މިރޭ، ގިނަ އިނާމުތަކެއް

May 14, 2021

އުރީދޫ މޯލްޑިވްސް އިން ކުޑަ އީދުގެ މުނާސަބަތުގައި ބާއްވާ ޑިޖިޓަލް މިއުޒިކް ޝޯ 2021 މިރޭ އޮންނައިރު ގިނަ އިނާމު ތަކެއް ލިބޭނެ އެވެ.

ރާއްޖެ އަށް ޑިޖިޓަލް ގިނަ ހިދުމަތް ތަކެއް އަލަށް ތައާރަފު ކުރި އުރީދޫން ބުނި ގޮތުގައި އީދު ޝޯ އޮންނާނީ މިރޭ 9:00 ގަ އެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކު މި ޝޯ ކުރި އަށް ދާނީ އޮންލައިން ކޮށެވެ.

ޝޯ ކުރި އަށް ދާއިރު ގިނަ އިނާމު ތަކެއް ވެސް ލިބޭނެ އެވެ. މި އިނާމު ލިބޭނީ ޝޯގެ ލައިވް ދައްކާ ޔޫޓިއުބް ލިންކް ފޭސްބުކް އާއި ޓުވިޓާގައި ޝެއާ ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެންނެވެ.

ލިބޭނެ އިނާމުތައް

  • ކޮކާ ކޯލާއިން ސްޕޮންސާކޮށްފައިވާ ފަސް މިންޓްމެއިޑް ގިފްޓް ޕެކް
  • ޕްރިންޓް ލެބުގެ 1000ރ. ގެ ވައުޗަރެއް
  • މަކަކް އިން ދޭ ޑިނާ ވައުޗަރެއް
  • ޕިއްޒާ ލަވޭރިއާގެ ޕިއްޒާ ޑްރިންކްއާއެކު
  • ކޮފީޝަބްގެ ދެ ބުއިން
  • ލެޕާފިއުމްގެ ފިފްޓް ޕެކެއް
  • ޕިއްޒާ ކިޗަންގެ ފަސް ޕިއްޒާ

އުރީދޫ އީދު ޝޯ އޮންނާނީ މިރޭ 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގަ އެވެ. އުރީދޫން ވަނީ މި ޝޯގައި ބައިވެރިވާން ހުރިހާ ފަރާތްތަކަށް ދައުވަތު ދީފަ އެވެ. ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރެއިން ޒަކިއްޓެ އާއި ޝަންމޫނު އަދި ހަބޭސް ފިއުޝަންގެ ޑަންޑޫރަ ބައިވެރިވާނެ އެވެ.

އުރީދޫން މިދިޔަ އަހަރު ވެސް ޑިޖިޓަލް ޝޯއެއް ބޭއްވި އެވެ. މި ޝޯ ގިނަ ބަޔަކު ބަލާފައިވެ އެވެ.