މޯލްޑިވްސް ޕޮލިސް ސާވިސް

ހަރުކަށި ފިކުރުގެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އައްޑޫ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ އިން ހަތް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ބުނެފައެއް ބުނެފައެއް ނުވެ އެވެ.

ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އެނގިފައިވެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި މިވަނީ އެކަހަލަ އެންމެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ވަނީ ޖައްސާފަ އެވެ. އަދި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަތިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ.