ޑިވެލޮޕިންގް

ކިނޮޅޮހު ތިޖޫރީ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

Nov 10, 2015

ރ. ކިނޮޅޮހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަންކޮށްފައިވަނީ ރޭ މެންދަމުން އަލިވެފައި ހުއްޓާ އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެއެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.