މޯލްޑިވްސް ޕޮލިސް ސާވިސް

ރިސޯޓަކުން ބޭރުކުރަން އުޅުނު ރާ ފުޅިތަކެއް އަތުލައިފި

May 19, 2021

ރިސޯޓަކުން ވަގަށް ނަގައިގެން ބޭރުކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބުނީ އަތުލައިގެންފައި ވަނީ ކ. އަތޮޅު ރިސޯޓަކުން ވަގަށް ނެގާފައިވާ ބަންގުރާ ފުޅިތަކެއް ކަމަށެވެ. އެތަކެތި ރިސޯޓުން ބޭރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ބަލައިފާސްކުރިއިރު ތަކެތި ފެނުނީ އެ ރިސޯޓުގެ ވޯޓާ ވިލާ ޖެޓީ ކައިރިންނެވެ.

މި މައްސަލައިގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް 53 ފުޅި ބަނގުރާއާއި 12 ދަޅު ބިޔަރު ގެނެސްފައިވެ އެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.