އުރީދޫ

އެމް ފައިސާއަށް ރަޖިސްޓަރީ ކޮށްގެން ހަދިޔާއެއް

May 20, 2021

އުރީދޫ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާއަށް ރަޖިސްޓަރީކޮށް ހިދުމަތް ބޭނުންކުރާ ނަމަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގައި އެމް-ފައިސާއަށް ރަޖިސްޓަރީވެ 500ރ. ގެ ވިޔަފާރި ކުރުމުން އެމް-ފައިސާ ވޮލެޓަށް 50ރ. ޖަމާވާނެ ކަމަށެވެ. އަދި އަލަށް ރެޖިސްޓަރީވާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500ރ. އަށް ވުރެ މަތިން ޔުޓިލިޓީ ބިލް ދައްކާ މީހުންގއ ވޮލެޓަށް 25ރ ޖަމާ ވާނެ ކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހި ކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުން ކޮށްގެން މީހުނަށް ފައިސާ ފޮނުވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާޖް ކޮށް ތަފާތު ވިޔަފާރި ކުރުމުގެ އިތުރުން، ބިލް ވެސް ދެއްކޭނެ އެވެ.