ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މިއަދުގެ ތިންވަނަ މަރު، ކޮވިޑްގެ 119 ވަނަ މަރު

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި މިއަދު މަރުވި ތިންވަނަ މީހާ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 3:45 ގައި މަރުވެފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއަދު ހެނދުނު 10:54 ގައިވެސް، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން ރޭ މެންދަމު 4:06 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިއްޔެވެސް ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 68 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 46 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.