ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މިއަދުގެ ތިންވަނަ މަރު، ކޮވިޑް މަރު 123 އަށް

ކޮވިޑަށް ފަރުވާ ހޯދަމުން އަައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ 8:25 ގައި މަރުވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ.

މިއަދު 4:15 ގައި އުމުރުން 59 އަހަރުގައި މީހަކުވެސް ވަނީ މަރުވެފައެވެ. މެންދުރު 12:02 ގަައި މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 123 އަށް އަރާފައެވެ.

އިއްޔެވެސް މި ބަލީގައި ހަތަރު މީހަކު މަރުވިއެވެ. ރޭ 7:46 ގައި މަރުވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ 3:45 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިއްޔެ ހެނދުނު 10:54 ގައިވެސް، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން ކުރީ ރޭ މެންދަމު 4:06 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބުރާސްފަތި ދުވަހުވެސް ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 72 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 50 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.