ފަލަސްތީން

"މޯލްޑިވްސް ވިތް ފަލަސްތީން'" ގުރޫޕް ބޭން ކޮށްފި

ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންނާއި ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން ފޭސްބުކްގައި ހިންގަމުން އައި "މޯލްޑިވްސް ވިތް ފަލަސްތީން'" ގުރޫޕް ބޭން ކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި އެ ގުރޫޕް ބޭން ކޮށްފައިވަނީ ފަލަސްތީނުގެ ދިފާއުގައި ދިވެހިން އުފުލާ އަޑުތައް ޕްރޮމޯޓްކޮށް ދުނިޔެއަށް އެކަންކަން ހާމަކުރުމަށް ވަރުގަދަ ކެންޕެއިނެއް ފަށާފައިވަނިކޮށެވެ.

ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްހެން މިހާރު ބަންޑުންކޮށްލާފައިވަނީ ފަލަސްތީން މިނިވަން ކުރުމަށާއި އިޒްރޭލްގެ ހަރުކަށި ހައްދުފަހަނައަޅާފައިވާ އުދުވާން ހުއްޓާލަން ގޮވާލައެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ހިންގަމުން އައި "މޯލްޑިވްސް ވިތް ފަލަސްތީން'" ގުރޫޕް ބޭން ކުރިނަމަވެސް ކުރަމުން އައި މަސައްކަތް ހުއްޓާނުލާނެ ކަމަށް އެ ޒުވާނުން ވަނީ ބުނެފައެވެ. އެ ގުރޫޕް ބޭން ކުރިއިރު 48،000 މެންބަރުން ތިއްބެވެ.

މި ގުރޫޕް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ ހުރިހާ ހަރަކާތްތައް ވަގުތުން ދިޔައީ ގެނެސް ދެމުންނެވެ.

މި ހަރަކާތުގައި އިސްކޮށް އުޅޭ މަރިޔަމް ޝިއުނާ (ނަންނަ) ބުނީ ގުރޫޕް އަނބުރާ ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށާ އަދި މިރޭ ޓެލެގްރާމް ޕޭޖެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާ ފަލަސްތީނާ ގުޅުންހުރި މައުލޫމާތު ދިވެހި ބަހުން ފޯރުކޮށް ދެމުންދާ ކަމަށެވެ.