ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މިއަދު ހަ މަރު، ކޮވިޑް މަރުގެ ނަންބަރު 129 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު ތިން މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ހަ ވަނަ މަރެވެ.

މިއަދު ހެނދުނު 8:07 ގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެނދުނު 10:49 ގައި މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެ މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަަރުވާ ހޯދަމުން އައި ދެ މީހުންނެވެ.

އޭގެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައިގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިއަދު 5:40 ގައި މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިރުއޮއްސި 6:40 ގައި މަރުވެފައިވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ. 7:53 ގައިވެސް މީހަކު މަރުވިއެވެ. އެއީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވީ 8:12 ގައެވެ. މި ތިން މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަަރުވާ ހޯދަމުން އައި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 129 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދުވަސްތަކެކެވެ. މެއި މަހުން ހުސްވި 22 ދުވަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހުރީ އިންތިހާ މަތީގައެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 56 މީހަކު ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެ އެވެ. މިއީ ދުވާލަކު 1،000 އަށް ވުރެ މަތީ އަދަދެކެވެ.