ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 144 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 144 ވަނަ މީހަކު މަރުވެއްޖެ އެވެ.

މިއަދަދު އައިސްފައި މިވަނީ ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވުމުންނެވެ. ރޭ ދަންވަރު 1:01 ހާއިރު 66 އަހަރުގެ ފިރިހެނަކު ވަނީ ބަލި ޖެހެގެން މަރުވެފަ އެވެ.

މީގެ އިތުރުން މިއަދު ހެނދުނު 7:40 ހާއިރު 89 އަހަރުގެ ފިރިހެނެއް ވަނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފަ އެވެ.

މި ދެ މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ.

މިދިޔަ 72 ގަޑިއިރަކީ ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން މަރުވި ވަގުތެކެވެ. އިއްޔެ އެކަނިވެސް 13 މީހަކު މަރުވެފައިވެ އެވެ.

ރާއްޖެއިން އިއްޔެ 1،417 މީހަކު ކޮވިޑް-19 ވަނީ އަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 57،341 އަށް އަރާފަ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 1،097 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 303 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 17 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.