މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މުއްދަތު ހަމަވެފައިވާ ލައިސަންސް ޖުލައިގެ ނިޔަލަށް ބޭނުން ކުރެވޭނެ

މެއި އެކެއްގެ ފަހުން މުއްދަތު ހަމަވާ އެއްގައުމު އުޅަނދު ދުއްވުމުގެ ލައިސަންސް ޖުލައި 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީް މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށްފައިވާތީ ބައެއް ކަންކަމަށް ލުއިދީފައިވާ ކަމަށެވެ.

އެ ގޮތުން މެއި އެކެއްގެ ފަހުން މުއްދަތު ހަމަވާ އެއްގައުމު އުޅަނދު ދުއްވުމުގެ ލައިސަންސް ޖުލައި 31 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި މިއަދުން ފެށިގެން އެ ނިންމުމަށް ކަމާބެހޭ އިދާރާތަކުން އަމަލު ކުރަމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމަށް އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ދޫކުރުން މި މަހުގެ ފަސްވަަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.