ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ތެރަޕިއުޓިކް ދާއިރާއިން ތަމްރީނު ކޮށްދޭން ހުށަހަޅައިފި

ތެރަޕިއުޓިކް ދާއިރާއިން މީހުން ތަމްރީން ކުރަން 18 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު އިފްތިތާހުކުރި ކޯޕްރޭޓް ސްކޯލާޝިލް ސްކީމްގެ ތެރެއިން ތެރަޕިއުޓިކް ދާއިރާގެ ކޯސްތަކަށް މީހުން ބިނާ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހުކުރީ މިދިޔަ މަހު ފަހުކޮޅު އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތެރަޕިއުޓިކް ދާއިރާއަށް މީހުން ބިނާ ކުރަން ސްޕޮންސަރުންނާ ވާހަކަ ދައްކައިގެން 18 ފުރުސަތު މިހާރު ހޯދައިފައިވާ ކަމަށެވެ.

"އެ ބޭފުޅުން މި ސްޕޮންސާ ކުރަނީ ބެޗެލާސް ޑިގްރީއަށް. ތިން އަހަރު ނުނީ ހަަތަރު އަހަރަށް ތަފާތު ދެތިން ދާއިރާއަކުން. އޭގެ ތެރޭގައި އޯޑިއޯ އެންޑް ސްޕީޗް ޕެތޯލޮޖީ އަދި އޮކިއުޕޭޝަނަލް ތެރެޕީ ހިމެނޭ" މިނިސްޓަރު ވިދާޅުވި އެވެ.

ތެރަޕިއުޓިކް ދާއިރާގެ ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ އެސްއޯއީ ތަކާއި ޕްރައިވެޓް ސެކްޓާގެ ކުންފުނިތައް ހިމެނޭ ގޮތަށެވެ.