ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މިސްރުގައި 101 އަހަރުގެ އަންހެނަކު ކޮވިޑުން ރަނގަޅުވެއްޖެ

May 29, 2021
1

ކޮވިޑަކީ ވާއެއް ނުވާއެއް ނޭނގޭ ބައްޔެކެވެ. މި ބަލީގައި ގަބޫލުކު ރަން އުނދަގޫ އުމުރުފުރައިން ވެސް މީހުން މަރުވެފައިވެ އެވެ. އަދި އަދުނޫން މާދަަމާވެފައި ތިބި މީހުން ވެސް އިހުނަށް ވުރެ ހާލަތު ރަނގަޅުވެ، ސިއްހީ ނިޒާމު ސިއްސުވާލާފައި ވަނީ ވެސް މަދަކުން ނޫނެވެ.

މިސްރުގެ ވެރިރަށް ގާހިރާއަށް ނިސްބަތްވާ އައްސައިދާ ބަދަވީ 101، ކޮވިޑުން ރަނގަޅުވެ ގެއަށް ދޫކޮށްލައިފި އެވެ. މިއީ ވަރަށް ހައިރާން ކުރިވި ހަބަރަކަށް ވެފައި ވެއެވެ، އޭނާއަށް ފަރުވާކުރި ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބީ އުފަލުންނެވެ.

ކޮވިޑް ޖެހި ފަސޭހަ ނުވާ އަދަދު ނިސްބަތުން މަތި ނަމަވެސް 100 އަހަރުން މަތީ މި އަންހެން މީހާ ވަނީ ރަނގަޅުވެ އާންމު ހާލަތަށް ރުޖޫއަވެފަ އެވެ.

ގާހިރާގެ ހޮސްޕިޓަލުން އައްސައީދާއަށް ފަރުވާދިން ޑޮކްޓަރުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިއައީ ވަރަށް ހުން ގަދަ ވެގެން ކަމަށާއި އެއިރު ރަނގަޅަށް ނޭވާ ވެސް ނުލެވޭ ކަމަށެވެ. އެހެން ނަމަވެސް ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ހާޒިރުވެ ބަލައި އަދި ހިނދުކޮޅަކަށް ވެސް އަތުން ދޫކޮށްނުލައި ފަރުވާދިނުމުން ކޮވިޑުން ރަނގަޅުވެފައިވާ ކަމަށެވެ.

މިސްރުގެ ބައިބޯ އާބާދީ 100 މިލިއަން ވަނީ ފަހަނައަޅާފަ އެވެ. އެ ގައުމުގައި 2،58407 އަށް ކޮވިޑްޖެހިފައި ވާއިރު 14،904 މީހުން މަރުވެފައިވެ އެވެ.