މޯލްޑިވްސް ޕޮލިސް ސާވިސް

ބައެއް ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

May 30, 2021

ފުލުހުންގެ ހިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށް ތިބި ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން، ފުލުހުންގެ ހުވާކޮށްފި އެވެ.

މިރަސްމިއްޔާތު އިއްޔެ ބާއްވާފައިވަނީ އައްޑޫ ހައި ސްކޫލުގެ ހޯލްގަ އެވެ.

ފުލުހުންނަށް ހުވައި ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ.

މިރަސްމިއްޔާތުގައި ހުވައި ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުންނެވެ.

މާލޭގައި މަސައްކަތްކުރާ 15 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހަކު އޮންލައިން ކޮށްވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ހުވާކޮށްފައިވެ އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ކޮންމެ ފުލުހަކު ވެސް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.