ރައްޔިތުންގެ މަޖިލިސް

އޭއައިއައިބީގައި ބައިވެރިވުމުގެ ބިލް ފާސްކޮށްފި

Nov 12, 2015

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓް ބޭންކް (އޭއައިއައިބީ)ގެ މެމްބަރަކަށް ރާއްޖެވުމާބެހޭ ބިލް މަޖިލީހުން ފާސްކޮށްފި އެވެ. ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ނެވެ.

މި ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލެވެ.

މިއަދު ފާސް ކުރި ބިލަކީ ތަފާތު މުއާހަދާތަކުގައި ރާއްޖެ ސޮއިކޮށްފައިވާ ހިނދު ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އޭއައިއައިބީގެ ފުރިހަމަ މެމްބަރަކަށް ރާއްޖެވުމަށް ޓަކައި ފުރިހަމަ ގާނޫނެއް އެކުލަވާލުން ކަމަށާއި އެޗބޭންކާ ގުޅޭ ލިޔެކިއުންތަކުގައި ސޮއިކުރާނީ ރައީސުލްޖުމްހޫރިއްޔާ އިޚުތިޔާރުކުރާ ބޭފުޅެއް ކަމަށެވެ. އަދި އެގްރީމެންޓުގެ ދަށުން ރާއްޖޭގައި ފައިސާ ޖަމާކޮށް ރައްކާ ކޮށްފައި ބަހައްޓާނީ ރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއެމްއޭގައި ކަމަށެވެ.