ޓެކްނޯލޮޖީ

ޕޯޝާ އިން އުފައްދާ ތެޔޮ ތަފާތު ވާނެ

Jun 4, 2021

ޖަރުމަނަށް ނިސްބަތްވާ ކާރު އުފައްދާ މަޝްހޫރު ކުންފުނި، ޕޯޝާ އިން ދަނީ ތިމާވެއްޓަށް ރައްކާތެރި ޕެޓްރޯލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕޯޝާ އިން ބުނާ ގޮތުގައި އެފަދަ ޕެޓްރޯލް ކަރަންޓަށް ވުރެ "ސާފު" ވާނެ އެވެ. ނަމަވެސް މިފަދަ ޕެޓްރޯލް ބޭނުން ކުރުން ކަރަންޓު އުޅަނދު ފަހަރަށް ވުރެ ރަނގަޅުވާ ސަބަބު މުޅިން ތަފާތެވެ.

ޕެޓްރޯލަކީ ހައިޑްރޯ ކާބަން އެކެވެ. މާނައަކީ އެ މާއްދާ އެކުލެވިގެން ވަނީ ކާބަން އަދި ހައިޑްރިޖަން އެޓޮމްތަކަކުންނެވެ. އެ މާއްދާ އުޅަނދުފަހަރު ދުއްވަން ބޭނުން ކުރާނީ އަންދައިގެންނެވެ.

މިފަދަ އުޅަނދުތަކުގައި އިންޖީނު މަސައްކަތް ކުރަނީ ވައިގެ ތެރޭގައިވާ އޮކްސިޖަން އާއި ހައިޑްރޯކާބަން އެއްވެ ވަރުގަދަ ކަރަންޓު ޗާޖެއް ބޭނުން ކޮށްގެން ކުރިއަށް ގެންދާ ކެމިކަލް ރިއެކްޝަންގެ ސަބަބުންނެވެ. މީގެ ކެމިކަލް ރިއެކްޝަންގެ ސަބަބުން ވައިގެ ތެރެއަށް ކާބަންޑައި އޮކްސައިޑާއި H2O ޖައްވަށް ދޫކޮށްލަ އެވެ. މީގެއިން ތިމާވެއްޓަށް ގެއްލުންވަނީ ކާބަންޑައި އޮކްސައިޑްގެ ސަބަބުންނެވެ. މިއަށް ކިޔާ އުޅެނީ ކާބަން އެމިޝަން އެވެ.

ސިންތެޓިކް ފިއުލްގެ ނަމުން ނަން ދީފައިވާ މިފަދަ ޕެޓްރޯލަކީ ޖައްވުގެ ތެރެއިން ހޮވާ ގޭސް ބޭނުން ކޮށްގެން އުފައްދާ ޕެޓްރޯލެކެވެ. އެހެންކަމުން މިފަދަ ޕެޓްރޯލް ބޭނުންކު ރުމުން ޖައްވަށް އެއްވެސް އާ ކާބަންއެއް ދުލެއް ނުކުރާނެ އެވެ.

ޕޯޝާ އިން ބުނާ ގޮތުގައި ކަރަންޓު އުޅަނދުފަހަރަކީ ކުރިއަށް އޮތް ތަނުގައި ގިނަވެ ކުރިއަރާނެ ޓެކްނޮލޮޖީއަކަސް ވިޔަސް، ޕެޓްރޯލް އިންޖީނު ބޭނުންކުރާ އުޅަނދުފަހަރަށް ވެސް ތިމާވެށްޓަށް އިތުރު ގެއްލުންތަކެއް ނުކޮށް ބޭނުންކުރެވޭނެ މަގު އޮންނާނެ އެވެ.