އެމްޑީޕީ

އެމްޑީޕީގެ ބޮޑު މުޒާހަރާ 27 ގައި ބާއްވަނީ

Nov 12, 2015
9

އެމްޑީޕީން ބާއްވަން ރޭވި ބޮޑު މުޒާހަރާ "މިންޖުވާން" މިމަހުގެ 27 ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިިފި އެވެ.

އެ ޕާޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ފަސް ކުރުމަށްފަހު އަލުން ބާއްވާ ބޮޑު މުޒާހަރާގައި އޮންނަނީ 13 އަހަރަށް ޖަލަށްލާފައި ހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވައިލުން ކަމަށާއި އެ މުޒާހަރާގައި ރައީސް ނަޝީދަށް ތާއީދު ކުރާ އެންމެން މަގުތަކަށް ނުކުންނާނެ ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮަތީ މުޒާހަރާ ނުކޮށް ގޭގައި މަޑުން ތިބެވޭނެ ގޮތަށް ނޫން ކަމަށާއި ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރަން 27 ވަނަ ދުވަހު ނުކުންނަން ޖެހޭނެ ކަމަށެވެ.

"މިންޖުވާން" މުޒާހަރާ ފަސް ކުރީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގެ ހުރިހާ ސަަރަހައްދަކަށް ނޮވެމްބަރު 4 އިއުލާން ކުރުމުންނެވެ. ކުރިން މުޒާހަރާ ބާއްވާ ގޮތަށް އޮތީ މި މަހުގެ ހަވަނަ ދުވަހު އެވެ. އަލުން މުޒާހަރާގެ ތާރީހު އިއުލާން ކުރި އިރު އެމްޑީޕީގެ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ވަނީ ނިންމާފަ އެވެ.