ހަބަރު

ފްލައިމީން އެއްމިލިޔަން ވަނަ ފަސިންޖަރަށް ހަދިޔާ ދީފި

Nov 12, 2015
1

ވިލާ އެއާގެ ފްލައިމީގެ އެއްމިލިޔަން ވަނަ ފަސިންޖަރަށް މަރުހަބާ ކިޔައިފި އެވެ.

ވިލާ އެއާއިން ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އެ އެއާލައިންގެ އެއް މިިލިޔަން ވަނަ ފަސިންޖަރަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށާއި އެ ފަސިންޖަރު ދަތުރުކޮށްފައި ވަނީ މާލެއިން މާމިގިއްޔަށް ކަމަށެވެ.

މިދިއަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއް މިލިޔަން ފަސިންޖަރުން ދަތުރުކޮށްފައިވާތީ މިއަދު އައިއެންއައިއޭގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެއް މިލިޔަން ވަނަ ފަސިންޖަރަށް ވަނީ ހަދިޔާ ދީފައެވެ. އެގޮތުން ފްލައިމީގެ ޑޮމެސްޓިކް މަންޒިލަކަށް ދަތުރު ކުރުމުގެ ފުރުސަތާއި ފްލައިމީގެ ސީޕްލޭން މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ބަލައިލުމުގެ ފުރުސަތާއި ވިލާ ހޮޓެލްސްގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނެވެ.