އެޗްޑީސީ

އެޗްޑީސީއަށް އިންޓާނުން ނަގަނީ

އެޗްޑީސީން 80 އަށް ވުރެ ގިނަ އިންޓާނުން ނަގަން ނިންމައިފި އެވެ.

އެޗްޑީސީން އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރަން ހުޅުވާލާފައި ވަނީ ރިއަލް އެސްޓޭޓް މެނޭޖްމަންޓާއި އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގައި މަސައްކަތް ކުރުވާށެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން ހޯދާ އިންޓާނުން މަސައްކަތް ކުރަން ޖެހޭނީ އެއް މަސް ދުވަހު އެވެ.

އިންޓާނުންނަށް މުސާރައިގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 200 ރުފިޔާ ދޭނެ އެވެ. އަދި އިތުރު އެލަވެންސްގެ ގޮތުގައި ދުވާލަކު 95 ރުފިޔާ ދޭނެ އެވެ.

އިންޓާނުންނަށް ކުރިމަތިލާ މީހުން އޯލެވެލް ނުވަތަ އޭލެވެލް ފުރިހަމަ ކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. މި ފުރުސަތަށް ކުރިމަތިލާން ކަނޑައަޅާފައިވާ އެންމެ ފަހު ގަޑިއަކީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 2:00 ޖަހާއިރެވެ.