އެސްޓީއޯ

ރާއްޖެއަށް ގްރީން ކޮންކްރީޓް ތައާރަފު ކުރަނީ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް ގްރީން ކޮންކްރީޓް ތައާރަފު ކުރަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


އެސްޓީއޯ އިން ގްރީން ކޮންކްރީޓް ތައާރަފު ކުރާ ކަމަށް ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެނެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ރާއްޖެއަށް އިމާރާތް ކުރުމުގެ ސާމާނު ސަޕްލައި ކުރެ އެވެ.

ގްރީން ކޮންކްރީޓަކީ ތިިމާވެއްޓާއި ރައްޓެހި ކޮންކްރީޓެކެވެ. އެ ކޮންކްރީޓުން، ޖައްވަށް ބޭރުކުރާ ކާބަންޑައޮކްސައިޑް 30 ޕަސެންޓާއި ހަމައަށް ދަށް ކޮށްދޭނެ އެވެ. އަދި އާއްމުކޮށް އުފައްދާ ކޮންކްރީޓްތަކާއި ހިލާފަށް އެ ކޮންކްރީޓަކީ ގުދުރަތީ ބާވަތްތައް މަދުން ބޭނުންކޮށް، ރިސައިކަލް މާއްދާތައް ބޭނުން ކޮށްގެން އުފައްދާ ކޮންކްރީޓެކެވެ.

ގްރީން ކޮންކްރީޓް ރާއްޖޭގެ ބާޒާރަށް ނެރެން އެސްޓީއޯ އިން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.