މޯލްޑިވިއަން އައިޑޮލް

މާދަމާއަށް ރެޑީތަ؟ މާލޭސިޓީ އޮޑިޝަން އެބައޮތް

Nov 13, 2015

މާދަމާއަށް ރެޑީ ހެއްޔެވެ؟ "މޯލްޑިވިއަން އައިޑަލް"ގެ މާލޭ ސިޓީގެ އޮޑިޝަން މާދަމާ ފަށާނެ އެވެ. ހުނަރު ޓެސްޓްކޮށްލަން މާދަމާއަށް ތައްޔާރުވާށެވެ.

ޕީއެސްއެމުން އިން ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އޮޑިޝަން ކުރިއަށްދާނީ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 17 އަޑުގެ އިމާރާތުގައި ކަމަށާއި ޝަޢުގުވެރިވާ 16 އަހަރާއި 30 އަހަރާއި ދެމެދުގެ ހުރިހާ އެންމެ ފުރުސަތު އެބައޮތް ކަމަށެވެ. އޮޑިޝަން ކުރިއަށްދާ ވަގުތު . އެސްއެމްއެސް ނުކޮށްވެސް ނަން ނޯޓުކޮށް ރަޖިސްޓްރީވާން ވަނީ ފުރުސަތު ދީފައެވެ. އަތޮޅު ތަކުގެ އޮޑިޝަން މިހާރު ވަނީ ނިމިފައެވެ.

މި އަގު ބޮޑު ޝޯގެ މާލޭ ސިޓީގެ އޮޑިޝަން ނިމުމުން އަޅުތަކުން ހޮވުނު ބައިވެރިން މާލެ ގެންނާނެ އެވެ. އޮޑިޝަންތައް އޮންއެއާ ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެނެވެ.

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ ތިން ބަޔަކަށެވެ. ފުރަތަމަ އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓާ އޮޑިޝަނެކެވެ. މިދެ ބައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލެވެ އެވެ. މޯލްޑިވިއަން އައިޑަލް ފަށާ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ތިން ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުގަ އެވެ.