ހަބަރު

ހިފެހެއްޓި ހަތިޔާރު ބޯޓާއި ރާއްޖޭގެ ހާދިސާތަކާ ގުޅުންވޭ: ލަންކާ

Nov 13, 2015
3

ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނަ ހަތިޔާރާއެކު ހައްޔަރު ކުރި އަވަންޓް ގާޑް ފުލޯޓިން އާމަރީ ބޯޓާއި ރާއްޖޭގައި ހިނގި ހާދިސާތަކާ ގުޅުންވާ ކަަށް ބެލެވޭ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ކެބިނެޓްގެ ތަރުޖަމާނު ރަޖިތުއ ހަވާލާދީ އެ ގައުމުގެ "ނިއުސްފަސްޓް" ނޫހުގައި ބުނެފައި ވަނީ ރާއްޖެ ހުރަސްކޮށް ހަތިޔާރު ބޯޑު ދަތުރު ކުރި ވަގުތު ޖީޕީއެސް ނިވާލާފައިވާ ކަމަށާއި، ޖީޕީއެސް ނިވާލައިގެން ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހާދިސާތަކެއް ހިނގީ ބޯޓު ރާއްޖެ ހުރަސްކޮށް ދަތުރު ކުރި ދުވަސްކޮޅާ ދިމާކޮށް ކަމުން ހަތިޔާރު ބޯޓާ އެ ހާދިސާތަކާ ގުޅުންވާ ކަމަށް ބެލެވޭ ކަމަށެވެ.

ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ހިފެހެއްޓި ބޯޓުން ހަތިޔާރު ފެނިފައިވެއެވެ.