މައިކްރޮސޮފްޓް

މައިކްރޯސޮފްޓްގެ އިވެންޓް މި މަހު

Jun 7, 2021

މައިކްރޮސޮފްޓްގެ އާ ޕްރޮޑަކްޓްތައް އިއުލާން ކުރަން ބާއްވާ މައިކްރޮސޮފްޓް އިވެންޓް މިއަހަރު ވެސް އޮންނާނެ އެވެ. މިއަހަރުގެ އިވެންޓް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މިއަހަރުގެ އިވެންޓް ތަފާތެވެ. ސަބަބަކަށް ވަނީ މައިކްރޮސޮފްޓުން ވިންޑޯޒްއަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ ހަބަރުތައް ފެންމަތިވެ އެ ކުންފުނިން މިކަން ކަށަވަރުކޮށްދީފައި ވާތީވެ އެވެ. ބެލެވޭ ގޮތުގައި މައިކްރޮސޮފްޓުން މިހާރު ބޭނުން ކުރަމުން އަންނަ ވިންޑޯސް 10 އަށް ބޮޑު ބަދަލެއް އަންނަ އަޕްޑޭޓެއް ގެންނާނެ އެވެ. ނަމަވެސް މިހާރު ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މައިކްރޮސޮފްޓުން މުޅިން އާ ވިންޑޯސް އޮޕަރޭޓިން ސިސްޓަމެއް މިއަހަރުގެ އިވެންޓްގައި އިއުލާން ކުރުން ވެސް ގާތެވެ.

މައިކްރޮސޮފްޓް އިވެންޓްގެ ތާރީހް އިއުލާން ކުރަން ކޮށްފައިވާ ޓްވީޓްގައިވާ ވިންޑޯސްގެ އާ ލޯގޯއާއެކު ނަންބަރު 11 އިގެ ސިފައިގައި އިން އައްޔެއް ފެނެވެ. އަދި އޭގެ ފަހުން ކުރި ޓްވީޓްގައި ވަނީ މި ފޮޓޯގެ އެނިމޭޓެޑް ޕޯސްޓެއް ވެސް ދައްކާލާފަ އެވެ. މި ޕޯސްޓްގައި ވެސް ވިންޑޯސް ލޯގޯ ތެރެއިން އެޅިފައިވާ އަލިން ނަންބަރު 11 ސިފަ ވެއެވެ. އެހެންކަމުން ގިނަ ބަޔަކު ވަނީ މިއީ މައިކްރޮސޮފްޓުން ވިންޑޯސް 11 ޓީޒް ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ބަލާފަ އެވެ.