އެކްސިޑެންޓް

އެކްސިޑެންޓެއްގައި ފުލުސް ކާރަކަށް ގެއްލުން ވެއްޖެ

Jun 9, 2021
1

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓްއަކާއި ގުޅިގެން އެތަނަށް ދިޔަ ފުލުސް ވެހިކަލް އެއް ހައިވޭގައި މަޑުކޮށްގެން އޮއްވާ ދުއްވާފައި ދިޔަ ޕިކަޕެއް ޖެހި އެކްސިޑެންޓްގެ ފުލުސް ވެހިކަލަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ފުލުސް ވެހިކަލެއް ހައިވޭގައި މަޑުކޮށްގެން އޮއްވާ މާލެއިން ހުޅުމާލެ އަށް ދިޔަ ޕިކަޕެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

ނަމަވެސް ފުލުސް ވެހިކަލާއި އެ ޕިކަޕަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ޕިކަޕު މިހާރު ޓޯ ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.