ޔުއެއާފާ ޔޫރޯ 2020

ޑެންމާކުގެ އެރިކްސަންގެ ހާލު ސީރިއަސްވެ މެޗު ފަސްކޮށްފި

Jun 12, 2021

ޑެންމާކުގެ ކުޅުންތެރިއެއްގެ ހާލު ސީރިއަސްވެ މެޗު ފަސްކޮށްފި އެވެ.

މެޗު ކުރިއަށް ދަނިކޮށް ޑެންމާކުގެ ކްރިސްޓަން އެރިކްސަން ހޭނެތިގެން ވަނީ ވެއްޓިފައެވެ. އެއީ މެޗުގެ 43 ވަނަ މިނެޓްގައެވެ. ހޭނެތިގެން ވެއްޓުމާއި ގުޅިގެން އެރިކްސަން އަށް ދަނޑުމަތީގައި ވަނީ ގިނަ އިރުތަކެއް ވަންދެން ސީޕީއާރު ދީފައެވެ.

ނަމަވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެެއާއެކު މެޗު ފަސްކޮށް އެރިކްސަން ވަނީ އިތުރު ފަރުވާއަށް ގެންގޮސްފައެވެ.

ޔޫއެފާއިން ދެންމެ ބުނީ އެރިކްސަންއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.