ޔުއެއާފާ ޔޫރޯ 2020

މެދުކަނޑާލި ޑެންމާކު-ފިންލޭންޑް މެޗު ފަށައިފި

Jun 12, 2021

ޑެންމާކުގެ ތަރި، ކްރިސްޓިއަން އެރިކްސަން ކުއްލި ގޮތަކަށް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން މެދުކަނޑާލި މެޗު އަލުން ފަަށައިފި އެވެ.

ޔޫއެފާއިން ބުނީ މެދުކަނޑާލި މެޗު ކުރިއަށް ގެންދާނީ ފުރަތަމަ ހާފްގެ ބާކީ ބައި ކުޅެ އަދި ފަސް މިނެޓްގެ މެދުކެނޑުމަކަށް ފަހު ދެވަނަ ހާފް ކުރިއަށް ގެންދާ ގޮތަށެވެ.

ޔޫރޯ 2020 ގައި ޑެންމާކާއި ފިންލެންޑް މިރޭ ކުޅުނު މެޗުގެ 43 ވަނަ މިނެޓްގައި އެރިކްސަން ވަނީ ހޭ ނެތިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. ދިހަވަރަކަށް މިނެޓް ވަންދެން ދަނޑުމަތީގައި ސީޕީއާރު ދިން ނަމަވެސް އޭނާގެ ހާލަތަށް ބަދަލެއް ނައުމުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

އެރިކްސަންއަށް ދިމާވި ހާލަތާމެދު މުޅި ފުޓްބޯޅަ ކޮމިއުނިޓީ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ޔޫއެފާއިން ދެންމެ ބުނީ އެރިކްސަންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ކުރިއަށް ގެންދާ ކަމަށެވެ.