ބިދޭސީން

ބިދޭސީން ފުރުވާލުމުގެ ފުރުސަތަކީ އިނާމެއް ނޫން: ކޮންޓްރޯލާ

Nov 14, 2015

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަމިއްލައަށް އެދިގެން ފުރުވާލަންދިން ފުރުޞަތަކީ އިނާމެއްގެ ގޮތު ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަނީ ކަމުގެ ހަޤީގަތް ރަގަނޅަށް އޮޅުން ފިލާފާ ނެތި ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލާ ވިދާޅުވީ ސައްޙަ ލިޔެކިއުން ނެތި ރާއްޖޭގައި އުޅެމުންދާ ފަރާތްތައް ފުރުވާލުމުގެ ފުރުޞަތު ދީފައިވަނީ އެފަދަ ފަރާތްތައް ރާއްޖޭގައި އުޅުމުން ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ކަމަށާއި ފުރުވާލެވެނީ 10 އަހަރު ދުވަހަށް ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމަށްފަހު ކަމަށާއި އެފަދަ ފަރާތްތައް ފުރުވާލުމަށް ހުޅުވާފައިވާ ފުރުޞަތަކީ ދެވޭ އިނާމެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކަވަނީ ކަމުގެ މައުލޫމާތު ރަނގަޅަށް އޮޅުން ފިލާފައި ނުވާތީ ކަމަށެވެ.

ގަވައިދާ ޚިލާފަށް އުޅެގެން ރާއްޖެއިން ޑީޕޯޓް ކޮށްލުމީ ދެވޭ އިނޭމެއް ކަމުގައި އެއްވެސް ފަރާތަކުން ދެކިތެން ނުވާނެ ކަމަށާއި މިފަދަ ފަރާތްތައް ފުރުވާ ލެވެނީ ބިދޭސީން ގެނައުމަށް ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާއިން ކަމަށެވެ.

ކޮންޓްރޯލާ ވިދާޅުވީ އަމިއްލައަށް އެދިގެން ފުރަން އަންނަ ފަރާތްތަކުގެ އަތުގައި ގިނަފަހަރު ޕާސްޕޯޓް އަދި ފައިސާ ވެސް ނުހުންނަ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތައް ފުރުވާލުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭ ކަމަށެވެ. އެފަަދަ ފަރާތްތަކުގެ ޕާސްޕޯޓު ނުވަތަ ދަތުރު ކުރުމަށް ލިއުން ހެއްދުމުގައި އެ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން އެކަށީގެންވާ ގޮތުގައި އެއްބާރުލުން ވެސް ލިބެމުން ނުދާކަ ކަމަށެވެ.