އެމްއެންޑީއެފް

ގެއެއްގައި ބާބަކިއު ހަދަނިކޮށް ރޯވެ މީހަކު ފިހިއްޖެ

Jun 13, 2021

މާލޭގެ ގެއެއްގައި ބާބަކިއު ހަދަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ އެވެ.

ބާބަކިއު ހަދާފައި ވަނީ ހ. ފައިންޕާކުގެ ފުރަތަމަ ފްލޯގަ އެވެ. އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ މިއަދު 11:55 ހާއިރު އެވެ.

ސިފައިންގޭން ބުނީ ފަޔާ އެންޑް ރެސްކިއޫ ސާވިސް ދާންވާއިރަށް އެގޭ މީހުން އެކުވެ އަލިފާން ނިއްވައިލާފައިވާ ކަމަށެވެ. އެ ހާދިސާގައި ފިހުނު މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.