މޯލްޑިވްސް ޕޮލިސް ސާވިސް

ފޯނުވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

Jun 15, 2021

ފިހާރައެއްގެ ފުރާޅު ނަގައިގެން ގިނަ އަދަދެއްގެ ފޯނު ވަގަށް ނެގި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ވައްކަން ކޮށްފައި ވަނީ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިންނެވެ. މިދިޔަ ހުކުރު ދުވަހު ރިޕޯޓުކުރި މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ށ. ބިލެތްފަހި ކްރެސްޓް، ޢަލީ ފައުޒާނާއި، ތ. ތިމަރަފުށި މާފޮޅޭގެ، އަބްދުﷲ ސިމާހު އެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވެ އެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ އަގު 2،86000 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަހުގެ ބަންދު މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.