ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 203 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ 7:06 ގައި މަރުވެފައި އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ލ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

މިއީ ރާއްޖޭގެ ކޮވިޑްގެ 203 ވަނަ މަރެވެ.

އިއްޔެ ނިޔަލަށް ރާއްޖެއިން 71،356 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 64،214 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް ބަލިން ރަނގަޅު ނުވެ ތިބީ 6،930 މީހެކެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 67 މީހެކެވެ.