ވަޅި ހެރުން

ހޮޅުދޫ ކުރީގެ ކުޑަކަތީބުގެ މެއަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Nov 15, 2015
2
  • ވަޅި ހަރާފައި ވަނީ ކުޑަކަތީބުގެ މެއަށް
  • އޭނާގެ އުނގޫފާރަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން

ނ. ހޮޅުދޫގައި ވަޅިން ހަމަލާދީ މުސްކުޅިޔަކު ޒަމްކޮށްލައިފި އެވެ. ވަޅި ހަރާފައި ވަނީ ހޮޅުދޫ ރޯޒީ، އިސްމާއިލް އަބްދު ރަހުމާނުގެ މެޔަށެވެ.

މިރޭ އިރާކޮޮޅު 7:45 އެހާކަންހާއިރު ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ 74 އަހަރުގެ އިސްމާއީލް އަބްދުއް ރަހުމާނަކީ ހޮޅުދޫގެ ކުރީގެ ކުޑަކަތީބެވެ.

ފުލުހުން ބުނީ އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މިރޭ އެމީހާ އިސާ ނަމާދު ފައިބައިގެން ދަނިކޮށް ކަމަށާއި އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހެއް ކަމަށެވެ.

އިސްމާއިލް އަބްދުއް ރާހުމާނުގެ އާއިލާއާ ހަވާލާދީ ހޮޅުދޫ ކައުންސިލްގެ ރައީސް މާޔިޒް މުހައްމަދު މިރޭ ވިދާޅުވީ އިސްމާއިލް އަބްދުއް ރަހުމާންގެ މެއަށް ވަޅި ހަރާފައި ވަނީ އޭނާ މިރޭ އިޝާ ނަމާދުން ފައިބައިގެން ދަނިކޮށް ހަނި އަނދިރި ގޯޅިއެއްގެ ތެރޭގައި ހުރެ ގޮވައި ގެންގޮސްގެން ކަމަށެވެ.

"އޭނާ ހަމަލާ ދީފައި ވަނީ ފޫޓެއްގައި ދިގު ވަޅިއަކުން އެއީ ޑައިވިން ވަޅިއެއް،" މާޔިޒް ވިދާޅުވި އެވެ.

މި ހަމަލާއަށް ފަހު މަނަދޫއަށް ގެންގެންދިއުމަށްފަހު މަނަދޫގައި އޮޕަރޭޝަން ނުކުރެވިގެން ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރާއިރު އޭނާގެ ސީރިސް އެވެ.