ލައިފްސްޓައިލް

އެޕަލް ވޮޗް 7: ބޮޑީ އަދި ނޭނގޭ ބައި

އެޕަލް ވޮޗް 7 އާ ބެހޭ ގޮތުން އަދި އެކައްޗެއް ވެސް ނޭނގެ އެވެ. މުޅިން ވެސް ދައްކަނީ ހީވާ ގޮތެކެވެ. އެޕަލް ގަޑި މާކެޓަށް ތައާރުފު ކުރާ ދުވަހާ ބެހޭ ގޮތުން ވެސް އޮތީ ޔަގީން ނޫން ތާރީހެކެވެ. ސަޕޯޓަރުން ބުނަނީ މިއަހަރު ސެމްޕްޓެމްބަރު މެދާހިސާބުގައި ނެރޭނެ ކަމަށެވެ.

އެޕަލް ވޮޗް 7 އަށް މުޅިން ފައްކާކޮށް ވޮޗްއޯއެސް 8 އެޕަލްއިން އަދި ދޫކޮށެއް ނުލަ އެވެ. އެކަމަކު ވަރަށް ފުރިހަމަ ބީޓާ މަރުހަލާއެއް ވަނީ ނިންމާފަ އެވެ. އެހެންކަމުން ވޮޗްއޯއެސް 8 ގައި ދެން ފިލުވަން ހުންނާނީ މަދު ކުށެކެވެ.

ހަތްވަނަ ޖީލުގެ ގަޑިތައް ވަރަށް ރީތި ވާން ޖެހެ އެވެ. މޮޅު ގޮތަކަށް ދާރަޖަހާލި ނަމަވެސް އެޕަލް ވޮޗްގެ ޑިޒައިން ބިމުން އުޑަށް ބަދަލުވީ އެވެ.

އެޕަލްއިން މިފަހަރު އެންމެ ބޮޑަށް ވިސްނާފައި ހުރީ ލޮލަށް ރީތިވާނެހާ ގޮތަތަކަށެވެ. ބަލާލާތަނުން ހިތްޖެހޭ ބަދަލުތަަކަށެވެ. އެގޮތުން ހޯމް ސްކްރީން އަދި އޯލްވޭސް-އޮން-ޑިސްޕްލޭ ވާދަވެރިންގެ ޑިވައިސްތަކަށް މިފަހަރު ގޮންޖަހާނެ ކަމަށް ބުނެވެ އެވެ.

ބްލަޑް ގުލްކޯޒް މޮނީޓަރިން – ލޭގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށްޓަކައި ބޭނުންވާ މެކޭނިޒަމްތައް އަދި މުޅިން ފައްކާނުވާ ކަމަށް ވެސް އެބަ ބުނެވެ އެވެ. ފައްކާ ނުވާ ނަމަ އެޕަލްއިން އެފީޗާއެއް ނުހިމަނާނެ އެވެ. އެހެން ނަމަވެސް ވާދަވެރިންނަށް އޮތް ބިރަކީ އެޕަލްގެ ގޮތް ނޭނގުމެވެ. އެޕަލް އަކީ އެންމެ ފަހު ވަގުތު މޮޅަށް ކުޅަ ވާދަވެރިންނަށް ވުރެ ގިނަ ފައިސާ ހޯދާ ކުންފުންޏެކެވެ.