މޯލްޑިވްސް ޕޮލިސް ސާވިސް

71 މައްސަލައަކާ ގުޅޭ ބަނގުރާ ނައްތާލައިފި

Jun 27, 2021

ޖުމްލަ 71 މައްސަލައެއްގައި ފުލުހުންގެ ހިފަހައްޓާ ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްްގެ ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނީ ނައްތާލީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާ، ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދ ފަތުރުވެރިންގެ އަތުން އަތުލި ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 747 ރާ ފުޅިއާއި، 43 ޕެޓްފުޅި ރަލާއި 1،110 ބިޔަރު ދަޅެވެ. އަދި 13 ޕެކެޓާއި، ދެ ރާ ހަމާއި ފަސް ލީޓަރުގެ 11 ފުޅީގެ އިތުރުން 18 ބިޔަރު ފުޅި އެވެ.