ކ. ކާށިދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ކާށިދޫގައި ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ މަގުމަތިން ހިނގާފައި ދަނިކޮށް ހިފެހެއްޓުމަށް ފަހު އެވެ.
އަނިޔާ ލިބުނު ކުއްޖާއަށް އެ ރަށު ސިއްހީ މަރުކަޒުގަައި ފަރުވާ ދީފައިވެއެވެ. ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.