ދުނިޔެ

ލަންކާއިން އިޒްރޭލާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް

ސްރީލަންކާ އެއާފޯސްގައި ބޭނުންކުރާ ކަފީރު މަރުކާގެ ފަސް މަތިންދާބޯޓް މަރާމާތު ކުރަން އިޒްރޭލް އެއޮރޮސްޕޭސް އިންޑަސްޓްރީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި ޑީލްގެ ދަށުން މަތިންދާ ބޯޓްތަކުގައި މިިހާރު ހުރި ހާޑްވެއާގެ ބަދަލުގައި ފެންވަރު ރަނގަޅު ޒަމާނީ ބައިތައް އަޅުވާނެ އެވެ. އަދި އަންނަ ޖީލުގެ ހާޑްވެއާއަށް ބޯޓްތައް ތައްޔާރު ކުރާނެ އެވެ. އަދި މިމަރުކާގެ ބޯޓްތައް މަރާމާތުކޮށް ބަލަހައްޓާނެ އުކުޅާއި ހުނަރު ލަންކާ ސިފައިނަށް ދަސްކޮށް ދޭނެ އެވެ.

ކަފީރު މަރުކާގެ މަތިންދާބޯޓުތަކާ ބެހޭ ގޮތުން ބުނެވެނީ ބަރު ހަތިޔާރު އުފުލަން ކުޅަދާނެ އުޅަނދެއް ކަމަށެވެ. އަސްކަރީ ތަމްރީންތަކުގައި އަޖުމަބަލައި އަސްލާ އެއްގޮތް ތަމްރީންތަކުގައި ބޭނުންކުރެވި ބޯޓުގެ ކުޅަދާނަ ކަމާ މެދު ޑިޒައިނަރުންނާއި އިންޖިނޭރުން އުފާކުރާ ކަމަށެެ ވެއެވެ.

އިޒްރޭލް އެއޮރޮސްޕޭސް އިންޑަސްޓްރިގެ ނައިބުރައިސް ވަނީ ބޯތުތައް މަރާމާތުކުރަން ލަންކާއިން ކުރާ މަސައްކަތްތަކަށް ހިތްވަރު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ކަފީރު މަރުކާގެ ބޯޓުތައް ޒަމާނީ މޮޑެލްތަކަށް ވަކި ދޫނުކުރާ ކަމަށާއި މަރާމާތުކޮށް ހާޑްވެއާ ބަދަލު ކުރުމަކީ އެންމެ ރަނގަޅު ވިސްނުން ކަމަށެވެ.

ލަންކާ އެއާ ފޯސްގައި ކަފީރު މަރުކާގެ 16 ބޯޓް އޮންނަ ކަމަށް ވެއެވެ. އޭގެ ތެރެއިން ދެ ބޯޓެއް ތަމަޅަ ހަނގުރާމާގައި ވަނީ ހަލާކުވެފަ އެވެ. ލަންކާގައި ބޭއްވި އެއާޝޯއެއްގައި ދެބޯޓް ޖެހި ހަލާކުވެފައި ވާ ކަމަށް ވެސް ލަންކާ ނޫސްތަކުން ބުނެ އެވެ.