ހަބަރު

ރެހެންދި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖެ ޖުތަމައަށް ފައިދާ ހުރި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަންކުރުމަށް ސަރުކާރުން ދޭ ރެހެންދި އެވޯޑު އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރު މާރްޗް އަށެއްގައި އަންހެނުންގެ ދުވަހާއި ދިމާކޮށް ބާއްވަން ހަމަޖެހިފައިވާ ރެހެންދީ އެވޯޑަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ފުރުސަތު ހުޅުވާލައިފާ ވަނީ މިއަހަރުގެ ނިޔަލައްށެވެ. އަދި އިނާމް ލިބިވަޑާގަންނަވާނީ އެމިނިސްޓްރީ އިން ކަންޑައަޅާފައިވާ ކޮމިޓީއަކުން ނެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ މި އެވޯޑު ދިނުމުގެ މަގުސަދަކީ ރާއްޖޭގެ ގައުމީ ތަރައްގީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި މަސައްކަތްތަށް ކޮށްދީފައިވާ ‏‏އަންހެނުންގެ އަގު ވަޒަން ކުރުމަށާއި އަދި މުޖުތަމާއަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި، އެފަރާތްތަށް ނަމޫނާ އެއްގޮތަށް ނަގައި އެހެން އަންހެނުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަކުރުން ކަމަށެވެ.

މި އެވޯޑު ތާރަފްކޮށް އެންމެ ފުރަތަމަ ފަހަރު ބޭއްވީ މިދިޔަ އަހަރުގަ އެވެ. އަދި އެއަހަރު އެވޯޑު ހާސިލް ކުރީ މައްޝޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) އާއި އާމިނަތު ނަޝީދާއެވެ. އަދި މިއަހަރުގެ އަންހެނުނަށް ހާއްސަ ރެހެންދީ އެވޯޑު ކާމިޔާބު ކުރީ ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ އާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އއ. ތޮއްޑޫ ދޫރެސް، ގަމީރާ އާދަމް އެވެ.