ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް އައްބާސް

Nov 17, 2015
2

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް އައްބާސް އާދިލް ރިޒާ އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްބާސް އާދިލް ރިޒާ ހަމަޖެއްސެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން މިއަދު ވަކި ކުރެއްވުމަށް ފަހުއެވެ.

އައްބާސް މީގެ ކުރިން ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރެއްވި އެވެ.