ވައިގެ ހާދިސާތައް

28 މީހުނާއެކު ރަޝިއާގެ މަތިންދާ ބޯޓެއް ގެއްލިއްޖެ

ރަޝިއާގެ އޭއެން 26 ގެ މަތިންދާބޯޓެއް 28 މީހުނާއެކު ދަތުރު ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ގެއްލިފައިވާ ކަމަށް ރަޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އެމަޖެންސީ މިނިސްޓްރީން ވެސް ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

ޕެޓްރޯޕަވްލޯވްސް އިން ޕަލާނާއަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓު ގެއްލިފައި ވަނީ ކަމްޗަޓްކާ ޕެނިންސިއުލާ އިންނެވެ. އެއާ ޓްރެފިކް ކޮންޓްރޯލާ ބޯޓާ ގުޅުން ކެނޑުނީ އެ ބޯޓު ޖައްސަން ވެސް އުޅެނިކޮށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވަނީ ކަނޑަށް ވެއްޓި ގެއްލިފަ އެވެ. ބޯޓު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.