މާރާމާރީ ހިންގުން

ސަލްމާން މިސްކިތް ކައިރީގައި މީހަކު ޒަހަމްކޮށްލައިފި

ސަލްމާން މިސްކިތް ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 03:55 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގީ ތިން މީހަކު ވެގެން ޒުވާނެއްގެ ގައިގައި ވަރަށް ބޮޑަށް ތަޅައި އަނިޔާކޮށްގެން ކަމަށެވެ.

މާރާމާރީގައި ޒަހަމްވި 20 އަހަރުގެ ފިރިހެން މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޒުވާނާގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފަ އެވެ.

މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރުމުންނެވެ.