ސްރީލަންކާ

ރާޖަޕަކްސާ އާއިލާގެ ހަތަރުވަނަ ބޭފުޅަކު ކެބިނެޓަށް

ރާޖަޕަކްސާ އާއިލާއިން ހަތަރުވަނަ ބޭފުޅަކު ސްރީލަންކާގެ ކެބިނެޓުގެ ވަޒީރުކަން ދެއްވައިފި އެވެ.

އަލަށް ލަންކާގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ބާސިލް ރާޖަޕަކްސާ އެވެ. އޭނާއަކީ މިހާރު ލަންކާގެ ރައީސްކަން ކުރައްވަމުން ގެންދަވާ ގޮތަބަޔާ ރާޖަޕަކްސާ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅެވެ.

މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ އަކީވެސް ލަންކާގެ ކެބިނެޓް މެމްބަރެކެވެ. މީގެ އިތުރުން، ގޮތަބަޔާ އާއި މަހިންދަގެ ދޮށީ ބޭބޭފުޅު ޗަމަލް ރާޖަޕަކްސައަށް އިރިގޭޝަން މިނިސްޓަރެވެ. އަދި އާއިލާގެ އިތުރު ބޭފުޅަކު ވެސް ކެބިނެޓްގައި އިންނަވަ އެވެ.

ބެސިލް ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރީ ލަންކާގެ ނެޝަނަލް ލިސްޓު ނިޒާމުގެ ދަށުން ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީގެ ޕާލިމެންޓު މެމްބަރަކަށް އޭނާ ހޮވިވަޑައިގަތުމުންނެވެ.