ފިނިޕޭޖް

ޒެކް ސްނައިޑާގެ އާ "ސައިފައި" ފިލްމެއް

"ޖަސްޓިސް ލީގު" އަދި "އާމީ އޮފް ދަ ޑެޑް" ގެ ޑިރެކްޓާ ޒެކް ސްނައިޑާގެ އާ ސައިފައި ފިލްމްއެއް ނެޓްފްލިކްސް އަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މީގެ 10 އަހަރު ކުރިން މަޝްހޫރު "ސްޓާ ވޯސް" ފްރެންޗައިސްއަށް ލިއުނު ޕްލޮޓްއަކަށް ބިނާ ކޮށް ނެރޭ މި ފިލްމް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާ ފައެވެ. އަދި މި ފިލްމްގައި ސްޓާ ވޯސް ފިލްމްތަކާއި އެއްގޮތް ކަމެއް ވާނެ އެވެ.

ޑިޒްނީން ލޫކަސް ފިލްމްސް ގަތުމުން ޒެކްގެ އޮރިޖިނަލް ޕިޗް ބޭނުން ނުކުރަން ނިންމުމުން މިހާރު ނެޓްފްލިކްސްއާއި ގުޅިގެން އެ ފިލްމުގެ ޕްލޮޓަށާއި އަސްލަށް ގިނަ ބަދަލުތަކެއް ގެނެސް އެ ފިލްމްއަކީ މުޅިން އާ ފްރެންޗައިޒް އެއްގެ ފެށުން ކަމަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވެމުން އެބަދެއެވެ.

މި ފިލްމުގެ ސްކރިޕްޓް މިހާރު ދަނީ ތައްޔާރު ކުރަމުންނެވެ. އަދި ސްކްރިޕްޓް ތައްޔާރު ކުރުމަށް ފަހު ފިލްމުގެ ޕްރޮޑަކްޝަން ފެށިގެން ދާނެ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ފަށާނެ ވަކި ތާރީހެއް ނިންމާފައެއް ނެތެވެ. މި ފިލްމް ގެ ރިލީޒް ތާރީހެއް ވެސް އަދި އިއުލާން ކޮށްފައެއް ނެތެވެ.

އަކިރާ ކުރޮސަވާގެ "ސެވަން ސަމުރައި" އަސްލެއްގެ ގޮތުގައި ބަލައިގެން ހަދާ މި ފިލްމްގެ އިތުރުން ފުރަތަމަ މި ޕްލޮޓް ނިސްބަތް ކުރި ސްޓާ ވޯސް ގެ އަސްލަކީ ވެސް "ސެވަން ސަމުރައި" އެވެ. ޒެކް ބުނި ގޮތުގައި މި ފިލްމަކީ އެނާ ވަރަށް ހަދަން ބޭނުން ވެފަ ހުރި ފިލްމްއެކެވެ. އަދި މި ފިލްމުގައި އޭނާގެ "ސްޓައިލް" ފެނިގެންދާނެ ކަމަށެވެ.